އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަނީ ކީއްވެ؟
50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދިޔަ ޚިޔާލުތަފާތުވުން ތަކަކަށް ނިމުމެއް ގެނެސް، އިނގިރޭސިވިލާތުން ޗަގޯސް ޖަޒީރާތައް މޮރިޝަސްއަށް އަނބުރާ ދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ކަނޑުގައި އޮންނަ 60 އަށްވުރެ ގިނަ ޖަޒީރާ ހިމެނޭ ޗަގޯސް ޖަޒީރާތަކުގެ މައްޗަށް ފުރިހަމަ ބާރު މޮރިޝަސްއަށް ލިބިގެންދާނެއެވެ. ނަމަވެސް މި އެއްބަސްވުމުގައި މުހިންމު ޝަރުތެއް ހިމެނެއެވެ. އެއީ އެމެރިކާގެ ސިފައިންގެ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ހިންގުމުގެ ހުއްދަ ދިނުމެވެ. ޑިއެގޯ ގާސިއ...