އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެ: ތުރުކީގެ ރައީސް
އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެކަމުގައި ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމުގެ އަމަލުތަކަށް އަހަރެއް ފުރިފައިވާއިރު، އެކަމުގެ އަގު އެ ޤައުމުން އަދާކުރަން ޖެހޭނެ ކަމަށެވެ. އެކްސް މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ރައީސް އުރުދުޣާން ވިދާޅުވީ، “މި ނަސްލު ނައްތާލުމުގެ ގަތުލުއާންމަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ ނުބައި ޢަމަލުތަކުގެ އަގު އިސްރާއީ...