މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ
މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްލިބިފައިވާ ކަމަށެވެ. އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމްވީ ކްރައިސިސް” އަދި ”އެކްސިޑެންޓް އިން މޯލްޑިވްސް”ގެ މީސްމީޑި...