ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައ...