އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަސީލަތްތަކަށް އެދެފި
އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެދެފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްޙީ ފަރާތްތަކުން އިންޒާރުދީފައިވަނީ މްޕޮކްސްގެ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި، ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް މިކަން ނުވުމަށްޓަކައި ވަސީލަތްތަކަށް އެދިފައެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ބްރީފިންގެއްގައި އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ވިދާޅުވީ، މި ހާލަތު އަދިވެސް ކޮންޓްރޯލެއް ނުވާކަމަށާއި، އެފްރިކާ އަދިވެސ...