ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކުރުވުމުގެ މައުޟޫޢަށް ދިރާސީ ނަޒަރެއް
ޝައުގުވެރިކަމަކީ އިންސާނާ، ކަމެއް ޙާޞިލުކުރުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ނަފުސުގައި އުފެދޭ އެދުންވެރިކަމެކެވެ. ލަނޑުދަނޑިއަކާ ހަމައަށް ވާޞިލުވުމަށްޓަކައި ކުރާން ޖެހޭ ކަންކަން ކުރުމަށް ހިތުގައި މާ ބޮޑު ޝައުޤުވެރިކަމެއް ނުވާނަމަ ގިނަފަހަރަށް ފެންނާނީ އެކަމެއް ހުއްޓޭތަނެވެ. ތަޢުލީމަކީ މުޖުތަމައެއްގެ ކުރިއެރުމާއި، އެތަނެއްގެ ތަހުޒީބާއި، އަފުރާދުންގެ ސުލޫކާއި ތަރައްޤީ އެއަށް ބަރޯސާވެފައިވާ ވަރަށް މުހިންމު ބަހާއެކެވެ. އެގޮތުން ނިޒާމީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާކަމަށްވާ މަދަރުސީ ތަޢުލީމު އ...