އައު މަގުބައްތިތަކުން މުޅި ހަނިމާދޫ ދިއްލާ އަލިކޮށްފި
ހދ.ހަނިމާދޫ ކައުންސިލުން އެ ރަށު މަގުތަކުގައި ޒަމާނީ މަގުބައްތި ހަރުކޮށް ދިއްލާ އަލިކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ވަނީ 180 ވޯޓްގެ 150 ލެޑް މަގުބައްތި ހަރުކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިނެޓް ޕްލަސް ކޮންޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ފޭސް ދެއެއްގެ މަސައްކަތް މިހާރު ނިންމާފައިވާއިރު ދެވަނަ ފޭސްގައި ވަނީ 100 ވޯޓް، 268 ލެޑް މަގު...