މާމިގިލި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފަށަނީ
އދ. މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އަތޮޅު ދަނގެތި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މާމިގިލި ކައުންސިލް މެމްބަރުން ވަނީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަ...