ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަންފަށަނީ
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ. އެމިނިސްޓަރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކަދުރަކީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި އެއްޗެކެވެ. މި ކަދުރު ރާއްޖެއަށް ގެނެވިފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ...