ބައިޑެން، އެންމެ ފަހު ދުވަހު އާއިލާގެ މެންބަރުންތަކަކަށް ދެއްވީ މަޢާފް
އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހު، އާއިލާގެ ގިނަ މެންބަރުންނަށް މަޢާފް ދެއްވައިފިއެވެ. މިގޮތުން ޖޭމްސް ބީ. ބައިޑެން، ސާރާ ޖޯންސް ބައިޑެން، ވެލެރީ ބައިޑެން އޯވެންސް، ޖޯން ޓީ. އޯވެންސް، އަދި ފްރާންސިސް ޑަބްލިއު. ބައިޑެންއަށް މަޢާފް ދެއްވާފައިވެއެވެ. ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ކުރިން ދެއްވި މި މަޢާފާއެކު، ބައިޑެން ވިދާޅުވެފައިވަނީ މަޢާފު ދެއްވީ އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށްފައިވާ “ސިޔާސީ ގޮތުން ބާރުއަޅައިގެން” ކުރެވޭ ތަހުގީގުތ...