ޖަރުމަނު އެއަރޮސްޕޭސް އިންޖިނިއަރަކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފި
ޕެނަމާގެ އުތުރު ސަރަޙައްދުގެ ކަނޑުއަޑީގައި ބަހައްޓާފައިވާ ކެޕްސިއުލެއްގައި 120 ދުވަހު ދިރިއުޅެ، ޑީކޮމްޕްރެޝަން ނުކޮށް އެންމެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި އުޅުނު މީހާގެ ދުނިޔޭގެ ރެކޯޑު ޖަރުމަނުގެ އެއަރޮސްޕޭސް އިންޖިނިއަރެއް ކަމުގައިވާ ރުޑިގަރ ކޯޗް (59 އަހަރު) ހަދައިފިއެވެ. މި ރެކޯޑު ހެދި ކަން ގިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރު ސުސާނާ ރެޔެސް ހުކުރު ދުވަހުވަނީ ކަށަވަރުކޮށްދީފައެވެ. ކަނޑުއަޑީގައި 11 މީޓަރު ފުންމިނުގައި ބަހައްޓާފައިވާ 30 އަކަމީޓަރުގެ ކެޕްސިއުލްގައި ހޭދަކުރި 120 ދުވަހުގެ މުއްދަތަށް...