މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ
މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާލޭ މާފަންނުގައި ހުންނަ ނިއުޕްލާޒާގައި ކަމަށެވެ. ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ނިއު ޕްލާޒާގައި އަލިފާން ރޯވިއިރު އިއްޔެ ހެނދުނު ވަނީ މާލޭގެ މާލޭގެ މ. ހައުސް ޕްލާޒާގަ...