އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު
ހއ. އަލިދޫ ރިސޯޓާއި ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުލި ނުދެއްކި މައްސަލާގައި ޔޮޓް ޓުއާސް ކުންފުނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިީޓީ (މީރާ) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް 2017 ވަނަ އަހަރު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ އަލިދޫ […]