މައިކްރޯސޮފްޓުން ޕޮލެންޑުގެ ސައިބަރ ސެކިއުރިޓީއަށް 700 މިލިއަން ޑޮލަރު
މައިކްރޯސޮފްޓުން ޕޮލެންޑުގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އިތުރު 700 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމައިފިއެވެ. މި އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމުގައި ޕޮލެންޑުގެ ހަތިޔާރުއެޅި ބާރުތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އެ ކުންފުނީގެ ރައީސް ބްރެޑް ސްމިތު ހާމަކުރެއްވިއެވެ. މައިކްރޯސޮފްޓުގެ ރައީސް ބްރެޑް ސްމިތާއި ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމިތު ވިދާޅުވީ، މި އިންވެސްޓްމަންޓަކީ 2020 ވަނަ އަހަރު އިޢުލާންކޮށްފައިވާ 1 ބިލިއަނ...