މައިކްރޯސޮފްޓުން އޯޕަން އޭއައި އާ ވާދަކުރުމަށް އޭއައި މޮޑެލްތަކެއް ތަރައްޤީކުރަނީ
މައިކްރޯސޮފްޓުން އަމިއްލަ އޭއައި ރީޒަނިންގ މޮޑެލްތަކެއް ތަރައްޤީކޮށް، އޯޕަން އޭއައި އާ ވާދަކުރުމަށްޓަކައި ޑިވެލޮޕަރުންނަށް ވިއްކުމަށް ރޭވުންތަކެއް ރާވަމުންދާކަމަށް “ދަ އިންފޮމޭޝަން” ގެ ރިޕޯޓެއްގައި ބުނެފިއެވެ. މައިކްރޯސޮފްޓްގެ މި މަސައްކަތުގައި ބައިވެރިވާ ފަރާތަކާ ހަވާލާދީ ދަ އިންފޮމޭޝަން އިން ބުނީ އެ ކުންފުނިން، އޯޕަން އޭއައި އަށް ބޮޑު އަދަދެއްގެ އިންވެސްޓްމަންޓް ކޮށްފައިވީނަމަވެސް، އެމް.އައި ޓީމުން “އެމް.އޭ.އައި” ނަމުގައި މޮޑެލްތަކެއް ތަރައްޤީކޮށް ނިންމާފައިވާކަމަށެވެ. މި މޮޑެލްތަކަކީ އޯޕަން އ...