ރާއްޖޭގައި ޝަރުއީ ނިޒާމުގެ ހާލަތު ގާތުން އެބަ ބަލަން: އދ. ގެ މަންދޫބު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް ހިންގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓާތުވައިޓް ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް, އަދި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމުން ސަސްޕެންޑްކުރި ބައެއް ފަނޑިޔާރުން ވަނީ އދ. އާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ހުށަހަޅައިފައެވެ. މާގަރެޓް އިއްޔެ ކުރެއްވި ޓްވީޓެއްގައި...