ފްރާންސާއި ޕޯޗުގަލް ބަލިވިއިރު ސްޕެއިންއާއި ނެދަލެންޑްސް އެއްވަރު
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް ބަލިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި ނެދަލެނޑްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އިން ވަނީ 2-0 ގެ ނަތީޖާއިން ފްރާންސް ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ އަށްވަނަ މިނިޓްގައި އެ ޓީމަށް ގޯލު ޖަހަން ރަނގަޅު ފުރަސަތެއް ލިބުނެއެވެ. އެކަމަކު އަންޑްރޭއި ކްރަމަރިޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މި […]