ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި
ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން...