އދ. ގެ ނިއުކްލިއަރ އިންސްޕެކްޓަރުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކެއް ކުރިއަށްދާން އޮތް ދަނޑިވަޅެއްގައި، “ބޭރުގެ ބިރުދެއްކުންތަކާ” ގުޅިގެން އދ. ގެ ނިއުކްލިއަރ އިންސްޕެކްޓަރުން ޤައުމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އޮމާނުގައި ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ރައީސް...