މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
ށ. އަތޮޅުގެ މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ތައްޔާރުވެއްޖެއެވެ. މިގޮތުން އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނިން ވަނީ މިލަންދޫގައި ދެ ބުރީގެ ހޮސްޕިޓަލަކާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ އިތުރުން އެ ރަށުގައި މިހާރު ހަދާފައިހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މީގެ އިތުރުން މާއުނގޫދޫ ހެލްތް ސެންޓަރަށް އައު އިމާރާތް އެޅުމުގެ މަޝްރޫޢު ފަށަން...