ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް
18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައިވާނެކަމަށް ޕީޖީ އޮފީހުން މިރޭ ބުނެފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މި އިރުޝާދުތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. ޕީޖީގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށް ހާމަކޮށްފައިވާ އިރުޝާދުތައް މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ […]