އިނގިރޭސި ދެ ޓީމުން ޔޫރޮޕާ ލީގުގެ ފައިނަލާއި ގާތަށް ޖެހިލައިފި
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި […]