Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް
Cover Story · Feature Essay

ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 3 އޮފިސަރަކާއި އިތުރު މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ނޫސް ކޮންފަރެންސް އެއް ބާއްވާފަ އެވެ. މިމައްސަލަ ހުށަހެޅީ އިއްޔެއެވެ. އަދި މައްސަލަ ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ފުލުހުން...

Selected Essays & Island Profiles

ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް
Raajje

ބާރަށުގައި ދެ މަޝްރޫޢުއެއްގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ
Business

ބާރަށުގައި ދެ މަޝްރޫޢުއެއްގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ހއ. ބާރަށުގައި ދެ މަޝްރޫޢޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢުގެ ތެރޭގައި ހިިމެނެނީ ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތްކޮށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމެވެ. އެގޮތުން ރަށު ފެންވަރުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން 2 ފަންގިފިލާއެއްގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮލިސް ސްޓޭޝަނެއްގައި...

ޕޮލިހާއި އުރީދޫ ގުޅިގެން، އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ ވޯކްޝޮޕެއް
Raajje

ޕޮލިހާއި އުރީދޫ ގުޅިގެން، އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ ވޯކްޝޮޕެއް

ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި “ވޯކްޝޮޕް އޮން ސާވިސް އެކްސެލެންސް: އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ” ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މިވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިޕޮލިސް އާސިމް ޢަބްދުﷲއެވެ. ރަސްމިއްޔާތުގައި ޕޮލިހުގެ އިސް އޮފިސަރުންނާއި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އ...

އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް
Raajje

އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް

މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މަޤާމަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، މި ފުރުޞަތަކީ ޤައުމަށް ޚިދުމަތްކުރުމަށާއި ޤައުމުގެ ބޯޑަރު ކޮންޓުރޯލް ކުރުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓީމެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދ...

އިހަވަންދޫގައި އަންނަ ޖޫން 1 ގައި ވެމްކޯގެ ޚިދުމަތްފަށަނީ
Thiladhunmathi News

އިހަވަންދޫގައި އަންނަ ޖޫން 1 ގައި ވެމްކޯގެ ޚިދުމަތްފަށަނީ

ހއ. އިހަވަންދޫގައި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ވެމްކޯގެ ޚިދުމަތް ފެށުމަށް މަޝްވަރާކޮށްފިއެވެ. އެގޮތުން ވެމްކޯ އޮފީހުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލުންވަނީ ބައިވެރިވެފައެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހް ”ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި އިހަވަންދޫގައި ވެމްކޯގެ ޚިދުމަތްތައް ފެށުމަށް ދުވަހެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން 1 ޖޫން 2025 ވާ އާދިއްތަ ދުވަހު މި ހިދުމަތްތައް ފެށުމަށް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާ...

ފަނޑިޔާރުން ވަކިކުރުމާގުޅޭ މައްސަލާގައި އެޗްއާރުސީއެމްގެ ކަންބޮޑުވުން
Raajje

ފަނޑިޔާރުން ވަކިކުރުމާގުޅޭ މައްސަލާގައި އެޗްއާރުސީއެމްގެ ކަންބޮޑުވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން އިޖުރާއަތްތައް ހިންގާފައިވާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާއި ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސ...

ޒީނާ އަށް މަތިން މާކްސް ލިބުނަސް ފާސްވީ ރިލްވާންގެ ނަން
Parliament

ޒީނާ އަށް މަތިން މާކްސް ލިބުނަސް ފާސްވީ ރިލްވާންގެ ނަން

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޒީން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް 10 ވަރަކަށް ބޭފުޅުން ކުރިމަތިލެއްވިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ނަން ހުށަހެޅިއެވެ. އެންމެ މަތިން މާކްސް ލ...

ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް
Thiladhunmathi News

ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ....

ސްޓޫޑެންޓް ލޯނު ގަވާއިދުން ދައްކަނީ 40 ޕަސެންޓް ދަރިވަރުން: ހައިދަރު
Raajje

ސްޓޫޑެންޓް ލޯނު ގަވާއިދުން ދައްކަނީ 40 ޕަސެންޓް ދަރިވަރުން: ހައިދަރު

ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށާއި، ގަވާއިދުން ފައިސާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ. މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގ...